އިސްލާމިކް މިނިސްޓަރު ޒާހިރު މޮރޮކޯއަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް މިއަދު ވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ އިސްލާމިކް މިނިސްޓްރީގެ ދެމެދުގައި 2019 ވަނަ އަހަރު ސޮއިކޮށްްފައިވާ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މިއެއްބަސްވުމުގެ ބޭނުމަކީ މޮރޮކޯ ސަރުކާރާ ގުޅިގެން ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމެވެ.
ޖޮއިންޓް ކޮމިޝަންގެ ފުތަރަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ރަބާތު ގައެވެ.
މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޒާހިރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޝާފިއު އަލީ އާއި ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ