ޕާމް ޓްރީ މެރިންއާ ގުޅިގެން އެމްއޭއެން އެނާޖީ ސޮލިއުޝަނުން ކަސްޓަމަރުންނަށް މައުލޫމާތު ދީފި ޕާމް ޓްރީ މެރިންއާ ގުޅިގެން އެމްއޭއެން އެނާޖީ ސޮލިއުޝަނުން ކަސްޓަމަރުންނަށް މައުލޫމާތު ދީފި

ޕާމް ޓްރީ މެރިންއާ ގުޅިގެން އެމްއޭއެން އެނާޖީ ސޮލިއުޝަނުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އެމްއޭއެން އެނާޖީ ސޮލިއުޝަންގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓާ ޕާމް ޓްރީ މެރިންއާ ގުޅިގެން ކަސްޓަމަރުންނަށް މައުލޫމާތު ދޭން ކުރިއަށް ގެންދިޔަ ސެޝަންގައި ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ކަސްޓަމަރުންގެ ސުވާލުތަކަށް ވެސް ޖަވާބު ދިނެވެ.
ޕާމް ޓްރީ މެރިންގެ ސީއޯއޯ ނޫމާން އަސްލަމް "އަދަދު" އަށް ވިދާޅުވީ އެމްއޭއެން އެނާޖީ ސޮލިއުޝަނާ އެކު ކަސްޓަމަރުންނަށް ކުރިއަށް ގެންދެވުނީ ވަރަށް ކާމިޔާބު ސެޝަނެއް ކަމަށެވެ.
"އެމްއޭއެން އެނާޖީ ސޮލިއުޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެވުނު. ގުޅިގެން އެކި ހައްލުތައް ގެންނަން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު," އޭނާ ވިދާޅުވި އެވެ.
މި މައުލޫމާތު ސެޝަންގައި ރާއްޖޭގައި ބޯޓު އުފައްދާ މީހުންނާއި، ރިސޯޓުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބައިވެރިވި އެވެ.
ޕާމް ޓްރީއިން ވަނީ ފާއިތުވެދިޔަ 27 އަހަރު ތެރޭގައި ބޯޓު އުފައްދާ ފަރާތްތަކަށް ބޭނުންވާ އެކި ކަހަލަ ސޮލިއުޝަންތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް އެހީތެރިވެދެމުންނެވެ.
މިގޮތުން ދުނިޔޭގައި ނަން މަޝްހޫރު 25 ބްރޭންޑެއްގެ އުފެއްދުންތައް ޕާމް ޓްރީ އިން އަންނަނީ ކަސްޓަމަރުންނަށް ސަޕްލައި ކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޖީނުތަކާއި ފެބްރިކް ސޮލިއުޝަން، އޯޑިއޯ ސޮލިއުޝަން، ލައިޓިން ސޮލިއުޝަން އަދި ބެޓަރީ ސޮލިއުޝަން ހިމެނެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ