ސްޕެއިންގެ ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލުގައި ރޭ ގެޓާފޭ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
އެތްލެޓިކޯ މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓުގައި ޖިއުލިއާނޯ ސިމިއޯނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީގެ ދަރި ޖޮއިލިއާނޯ ވަނީ އޭގެ ނުވަ މިނިޓު ފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ގިނަ ލަނޑުތަކެއް ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން 2-0 ގެ ލީޑެއް ލިބުނުތާ ގިނައިރުތަކެއް ނުވަނީސް ޖޫލިއަން އަލްވަރޭޒް އާއި އެންޓޮއިން ގްރީޒްމަން އަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސެމުއެލް ލިނޯ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑް އިން ޖެހި ދެ ލަނޑު މެޗުގެ 78 ވަނަ މިނިޓާއި 86 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންގެލް ކޯރިއާ އާއި އެލެކްޒެންޑަރ ސޯލޮތް އެވެ.
މި މެޗުގައި ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިމިއޯނީ މެޗަށްފަހު ބުނެފައިވަނީ މި މެޗުގައި ދެއްކުނު ކުޅުމާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އަދިވެސް އޭނާ ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.
ގެޓާފޭ ބަލިކޮށް އެތްލެޓިކޯ ކޯޕާ ޑެލްރޭ ގެ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ