ހުލާސާކޮށް އިއްޔެ: މަގާމުން ވަކިކުރަން ނިންމި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވުން ހުލާސާކޮށް އިއްޔެ: މަގާމުން ވަކިކުރަން ނިންމި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވުން

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތިން މެންބަރުން ހިމެނޭ ކޮމިޓީން ނިންމައި ތައްޔާރުކުރި ރިޕޯޓު އެ ފަނޑިޔާރުންނަށް ފޮނުވައި، ބުރާސްފަތި ދުވަހުގެ ކުރިން ޖޭއެސްސީއަށް ޖަވާބުދާރީވާން ރޭ ވަނީ އަންގައިފަ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމައި ތައްޔާރުކުރި ރިޕޯޓު ފަނޑިޔާރުންނަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެވެ. އެ ރިޕޯޓު ފޮނުވުމަށްފަހު ފަނޑިޔާރުންނަށް އަންގާފައި ވަނީ މި މަހުގެ 24، ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވުމަށެވެ.
އެކަމާ ގުޅޭގޮތުން މި ނޫހާ ވާހަކަދައްކަވަމުން އަޒްމިރަލްދާ އަދި މަހާޒްގެ ގާނޫނީ ވަކީލުން ވިދާޅުވީ ރިޕޯޓުގެ ހުރި ކަންކަން ބަލައި ޖަވާބުދާރީވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އަންގާފައި އޮތް މުއްދަތުގެ ކުރިން ޖަވާބުދާރީ ވާނެ ކަމަށް ވަކީލުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީން ނިންމީ ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް، ވަކީލެއް ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފުރިހަމައަށް ނުދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ