ޝެއިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފި ރައުދުގެ މައްޗަށް ދައުވާކޮށް ދިނުމަށް ހުށަހަޅައިފި ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ ޙައްޖުގެ އަޅުކަމަށް ފަހު، ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެއަށް މަގުބޫލު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮލީވުޑް ސުޕަސްޓާ އަދި ލައިފްސްޓައިލް އައިކަން ކެޓްރީނާ ކައިފް ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުމަށް ހެދުނު ޕާޓްނާޝިޕެއް ކަމަށެވެ. މިކަމާ ގުޅިގެން ކެޓްރީނާ ވަނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ މި މަގާމަށް ކެޓްރީނާފަދަ ނުފޫޒުގަދަ ފަރާތެއް ހަމަޖެއްސުމާ މެދު އުފާކުރާކަމަށް ވިދާޅުވެފައެވެ.
ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިތަކަށް އެންމެ ރަނގަޅު އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލުމަށް ބާއްވާ ކެމްޕެއިނަކަށްވާއިރު، މި ކެމްޕެއިނުގައި އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭސީއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަައް ހިމެނެއެވެ.
އެމްއެމްޕީއާރްސީން ބުނީ މި ކެންޕޭންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް އިތުރަށް ހަރުދަނާކޮށް، 2025 ވަނަ އަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ބުކިންތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ