ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މުހައްމަދު ސަލީމާއި، އަބްދުﷲ ހަމީދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.
އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ އެ ދެބޭފުޅުންނާ ހަވާލުކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަނުކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދުއެވެ. މި ދެބޭފުޅުންނަށް ރުހުން އޮތްތޯ ބަލަން ނެގި ވޯޓުގައި ފަނޑިޔާރު ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ފަނޑިޔާރު ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުންނާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
މި ދެ މަޤާމު ހުސްވީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 7 އެވެ. މިވަގުތު އެ ކޯޓުގެ ބެންޗްގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއަތަސިމް އަދުނާން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހީމް އަދި ފަނޑިޔާރު އާއިޝަތު ޝުޖޫން އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސަލީމާއި ހަމީދު ޢައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ