ވައިޓަލްކެއާގައި ކުޑަކުދިންގެ ޚާއްސަ ކްލިނިކެއް ހުޅުވައިފި

ވައިޓަލްކެއާގައި ކުޑަކުދީންނަށް ޚާއްސަކޮށް ކްލިނިކެއް ހުޅުވައިފިއެވެ. މި ކްލިނިކަކީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ސިއްހީ ބޭނުންތަކަށް އަމާޒުކޮށް، ކުޑަކުދީން ޝައުގުވެރިވާނެހެން ކާޓޫނު ތީމަށް ޒީނަތްތެރިކޮށްފައިވާ ތަނެކެވެ. މި ތަނުގައި ކުޑަކުދިންގެ ޚާއްސަ ގިނަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ދަތުގެ ޚާއްސަ ޑޮކްޓަރުން ޚިދުމަތްދެއެވެ. އެގޮތުން، އެ ޑޮކްޓަރުންނަކީ ކުޑަކުދިންނާ މުއާމަލާތު ކުރުމުގައި ތަޖުރިބާ ލިބި، ކުޑަކުދިންގެ ސިއްހަތާ ގުޅޭ ދާއިރާތަކުން ޚާއްސަ ތަމުރީނު ލިބިފައިވާ ޑޮކްޓަރުންނެވެ. ވައިޓަލްކެއާގައި ކުޑަކުދިންނަށް ޚާއްސަކޮށް ހުޅުވި ކްލިނިކް ---- ކޮންޝަސް ސެޑޭޝަންއާއެކު ޓްރީޓްމަންޓު ވެސް މި ކްލިނިކުން ދެއެވެ. މި ޚިދުމަތަކީ ކުޑަކުދިންނަށް ރައްކާތެރިކަމާ އެކު ބޭސްފަރުވާ ކުރުމަށް އެހީތެރިވެދޭނެ ޚިދުމަތަކަށްވާއިރު، މިއީ ރާއްޖޭގައި ވަރަށް ނުލިބޭ ފަރުވާއެކެވެ. އެގޮތުން، މި ފަރުވާގެ ސަބަބުން، ބައެއް ޓްރީޓްމަންޓުތައް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ދެވޭނެއެވެ. ކްލިނިކުގައި ބަލާ ޑޮކްޓަރުންގެ އެޕޮއިންޓުމަންޓު ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 3031315 އަށް ގުޅައިގެން ނުވަތަ 7601315 އަށް ވައިބާ ކުރެވޭނެއެވެ. މި ކްލިނިކު ހުންނާނީ ލޮނުޒިޔާރަތްމަގު ވައިލަޓަލްކެއާ މާލެ، ގ. ކަނޑުވައިގެންގެ ހަތަރުވަނަ ފަންގިފިލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ