މީރުމާ ހޮޓަލްގެ ވައި ގޮޅިއަށް ވަގަކު ވެއްޓި އަނިޔާވެއްޖެ

މާލޭގައި ގިނަ އިވެންޓުތައް ބާއްވާ މީރުމާ ހޮޓަލްގެ ވައިގޮޅިއަށް މީހަކު ވެއްޓި ރޭ އަނިޔާވެއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި އެ މީހާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3 ޖަހަނިކޮށެވެ. 
އަނިޔާވީ ދިވެހި ފިރިހެނަކަށެވެ. ތުހުމަތު ކުރެވެނީ އޭނާ ވައިގޮޅިއަށް ވެއްޓުނީ މީރުމާ ހޮޓަލުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. 
"ފުލުހުން އަނިޔާވި މީހާ ފަރުވާ ދިނުމަށް ޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ