ފޮނަދޫގައި އިމާމުވެ މިއަދު ހުކުރު ކުރެއްވީ އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އިމާމުވެ، ހުކުރު ކުރައްވައިފި އެވެ.އަބްދުއްރަހީމް އިމާމުވެ ހުކުރު ކުރެއްވީ އެމަނިކުފާނުގެ ކޮއްކޮ އަބްދުލް ކަރީމް އަބްދުالله އިމާމުކަން ކުރައްވަމުން ގެންދަވާ ފޮނަދޫ މަސްޖިދުލް ޢުލާ އެވެ.އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ނަސްރުގެ މައްސަރު" އެވެ.މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިމާމުވެ، ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު ކުރެއްވުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ. މީގެ ކުރިން ފޮނަދޫގައި ވެސް އެމަނިކުފާނު އިމާމުވެ، ހުކުރު ކުރައްވަ އެވެ. އެ ކަމާ އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންނެވީ ސިޔާސީ މަސައްކަތުގައި އުޅުއްވަން ޖެހިވަޑައިގެންނެވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ