ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބިލަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު އަމިއްލަ ގޮތުން ހުށަހަޅުއްވާފައިވާ ބިލެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުއްވި މައިގަނޑު ބޭނުމަކީ "ޤާނޫނު އަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން" ކަމުގައި ދެކެވަޑައިގަންނަވާތީއެވެ.
މި އިސްލާހު ހުށަހެޅިފައިވަނީ ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް މިކަމާ މެދު މަޝްވަރާކުރެވި، އޭރުވެސް މިކަން ފާހަގަކުރެވިފައިވާތީއެވެ. އަދި މި ބަދަލަކީ ރައްޔިތުންނަށް އެންމެ އެކަށޭނަ ގޮތެއްގައި ލިބިގެންދާނެ ބަދަލެއް ކަމަށް ބެލެވޭތީއެވެ.
މި އިސްލާހު ފާސްވެ ގާނޫނަށް ގެނެވޭ ބަދަލާއެކު، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މިހާރު ހުރި 7 އިން 5 އަށް މަދުވެގެންދާނެއެވެ. މިއީ ކުރިން ސުޕްރީމް ކޯޓު އެކުލެވިގެންވި ގޮތަށް އަނބުރާ ގެނެވޭ ބަދަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ