އައްޑޫ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޣައްސާނު ޖެހޭ- މީދޫ މެމްބަރު ގަން އެެއާޕޯޓަށް އޭވިއޭޝަން ސެކިއުރިޓީން ހޯދަނީ އައްޑޫ މީދޫ ދާއިރާ އިޔާޒު ކާމިޔާބު ކުރާނެ: ހިޔާލު ހޯދުމުގެ ވޯޓު އުސްތާޒު އިޔާޒު ނަސީމަކީ ކާކު؟ މަގުބޫލު ލިޔުންތައް އުމްރާއަށް ދިޔަ ދެ

އައްޑޫސިޓީގެ ‏ގަމަކީ އެއްވެސް ބައެއްގެ ތަރިކަ މުދަލެއްނޫންކަމަށާއި އެތަނަކީ އައްޑޫގެ ތަރައްގީގެ ނާރެސްކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެއެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި ބައު އިމާރާތެއް ހުސްނުކުރެވިގެން އެ މަޝްރޫއު ނިމުން ލަސްވެ އަދި ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެންނަން ސަރުކާރުން ނިންމުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ ‏100 އަހަރުވާން ގާތްވެފައިވާ އިމާރަތަކާ ހެދި ގަމުގެ ތަރައްގީގެ ޕްލޭނަށް އެއްވެސް ބަދަލެއް ގެނެވެން ޖެހޭނެކަމަށް ބަލައެއް ނުގަންނަކަމަށެވެ.
“މި ސަރުކާރުން އައްޑޫ ތަރައްގީއަށް ކުރީ ސަރުކާރުން ކުރަން ފަށާފައިވާ ކަމެއްގެ ފެންވަރު ދައްކުރުން، ހުއްޓުވުން ނޫންކަމެއް އަދި ކޮއްދެވިފައެއްނެތް. ހަންކެޑެ ޕްރޮޖެކްޓް ހުއްޓިއްޖެ، މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިއްޖެ، ކުރެވުނު ކަމަކީ ގަމަށް އެކުލެވުނު ތަރައްގީގެ ޕްރޮޖެކްޓަށް ބަދަލު ގެނެސް ޑްރޯންބޭސް އެއް ހެދުން،” އައްދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މެމްބަރު އައްދު ވިދާޅުވީ ކުރީ ސަރުކާރުން ލޯނު ނަގައިގެން ދައުލަތުން ބޮޑު ޚަރަދު ކޮއްގެން އައްޑޫ ފަޅުގައި ހިއްކި ރަށްތަކެއް ހުރިކަން އެނގޭބަޔަކު ނެތްކަމަށާއި އެތަންތަން ބަޔަކާއި ހަވާލުކޮށް އާމްދަނީ ލިބޭނެ ގޮތެއް ނެހެދޭކަމަށެވެ.
“އަހަރުދުވަހުން ހުޅުވަން ވައުދުވި ޝަންގްރިލާ ރިސޯޓް ހަމަ އެހެން، އައްޑޫ ބޭސް ފިހާރައަކުން ހަމަޔަށް ބޭހެއް ނުލިބޭ. މުޅި ސިޓީގެ ކަރަންޓުގެ ހާލަތު އަދިވެސް އެހާގޯސް، ހަމަޔަކަށް ކަރަންޓެއް ނުލިބޭ. ދެން ސަރުކާރަށް ސަނާކިޔާ ބަޔަކަށް މިކަން ނުފެނުނަސް އައްޑޫ ބާކީ ރައްޔިތުންނަށް މިކަން އެބަފެނޭ. ސަރުކާރުން މިދަނީ ބޮޑުތަނުން އައްޑޫއާއި ދޭތެރޭ އިހުމާލުވަމުން. ކަމެއްނުވެ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައަސް ޕާޓީކުދިން ތިބޭނީ ކުރީ ސަރުކާރޭކިޔައި މުސާރަ ހަލާލު ކުރަން.” މެމްބަރު އައްދު ވިދާޅުވެފައިވެއެވެ.
އައްދުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ‏ގަމަކީ އީކުއޭޓާވިލެޖް އަދި ގަން ހިންގާބަޔަކުގެ ތަރިކަ މުދަލެއްނޫން، އެތަނަކީ އައްޑޫގެ ތަރައްގީގެ ނާރެސްކަމަށެވެ.
“ގަމަކީ އައްޑޫގެ ޓުއަރިޒަމް އަދި އިގްތިސާދުގެ ދޮރާށި، ތި ޓެސްޓް ކުރަނީ އައްޑޫ ރައްޔިތުންގެ ކެތްރިކަމުގެ ލިމިޓް، އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން އަދި މިދެނީ ބޮޑުތަނުން ދޯކާ” އައްދު ވިދާޅުވިއެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވަމުންދާ މައްސަލައާއި ގުޅިގެން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެފައިވަނީ، މި މަހުގެ 17ގެ ކުރިން އެ އިމާރާތް ހުސްނުކުރެވިއްޖެ ނަމަ، އެ މަޝްރޫއު ކުރިއަށްގެންދާ، އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭން ޖެހިދާނެ ކަމަށެވެ.
މިމަހު 17ގެ ކުރިން މި ކަމަށް ހައްލެއް ނުލިބިއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ތަން ހުސްކުރަން ދީފައިވާ ތާރީޚަށް ހުސްކޮށްފިނަމަ، އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އައްޑޫސިޓީ ކައުންސިލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. މީގެ އިތުރުން އާންމުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023ވަނަ އަހަރު ފެށި މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ