ގިނަ ހިދުމަތްތަތަކެއް ދޭ "އީޒެޕު" ގައި އެމްއައިބީން ބައިވެރިވެއްޖެ ގިނަ ހިދުމަތްތަތަކެއް ދޭ "އީޒެޕު" ގައި އެމްއައިބީން ބައިވެރިވެއްޖެ

ގިނަ ހިދުމަތްތަކެއް ދޭ "އީޒެޕު" ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވެ، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްއައިބީގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އީޒެޕްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު މައުރޫފް އަބްދުލް ހަކީމް އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ އެވެ.
އާންމުން ބޭނުންވާ ގިނަ ހިދުމަތްތަކެއް އެއް އެޕެއް މެދުވެރިކޮށްދޭ އީޒެޕުން ބުނީ މި އެއްބަސްވުމާއެކު އެ އެޕް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާ ކާޑަކުން ވެސް ފަސޭހަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ.
އެމްއައިބީ ގްލޯޕަލް ޕޭއަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ.
ޒަމާނީ ސިފަތަކެއް އެކުލެވޭ އެ ޕޭމަންޓް ގޭޓްވޭ ބޭނުނުކުރުމުގެ ފުރުސަތު އެބޭންކުން ވާނީ މިހާރު ދިވެހު ޒުވާނުންނަށް ހުޅުވާލާފަ އެވެ. މީގެ އިތުރުން އެބޭންކުން އަންނަނީ ފައިސާ ޕޭގެ ނަމުގައި އިތުރު ޕޭމަންޓް ގޭޓްވޭއެއްގެ ހިދުމަތްވެސް ދެމުންނެވެ.
އީޒެޕް އެޕްލިކޭޝަނުން ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ރެސްޓައުރަންޓްތަކުން ކަސްޓަމަރުންގެ އެންމެ މަގްބޫލު ކެއުންތަށް ސިދާ ގެއައްޑެލިވަރީ ކުރުމާއި، ގެއައްބޭނުންވާ އެކި ސާމާނު ޑެރލިވަރީ ކޮއްދިނުން ހިމެނެ އެވެ. އެ އެޕްލިކޭޝަނުން ދާދި ފަހުން ވަނީ ޓެކްސީ ހިދުމަތްވެސް އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭން މަގު ތަނަވަސްކޮއްދީފަ އެވެ.
އެމްއައިބީގެ ކާޑުތަކަކީ ޒުވާނުންނަށް ބަރޯސާ ވެވޭ ރައްކާތެރި ކާޑުތަކެއް ކަމުގެ ޔަގީންކަން އެ ބޭންކުންދެ އެވެ. އެމްއައިބީގެ ފައިސާ ވެއާ އަނގޮޓިއަކީ މިއަދު މާކެޓްގައި ފައިސާ ދައްކާލެވޭ އެންމެ ސްޓައިލިޝް އެންމެ ފަސޭހަ ގޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ