ތިލަ އުތުރު ވޮލީ މުބާރާތް: މުރައިދޫ ހުއްޓުމެއް ނެތި ކުރިއަށް!
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގައި ވާދަކުރާ ހއ. މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމުން މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ތަފާތު މޮޅު ކުޅުމެއް ދައްކައިފި އެވެ.މުރައިިދޫ އަންހެން ވޮލީ ބޯޅަ ޓީމުން މިރޭ ނިކުތީ ހއ. ދިއްދޫ އަންހެން ވޮލީ ބޯޅަ ޓީމާ ދެކޮޅަށެވެ. ދިއްދޫއާއި ދެކޮޅަށް މުރައިދޫން މިރޭ ދެއްކީ ވެސް ރޭ ހޯރަފުށީ އަންހެން ވޮލީ ބޯޅަ ޓީމާއި ދެކޮޅަށް ދެއްކި ހިތްވަރެވެ.މުރައިދޫން މިރޭ ދިއްދޫ ބަލިކުރީ ވެސް ސީދާ ތިން ސެޓުން ނެވެ. އެއީ ފުރަތަމަ ސެޓް 25-16 އިން، ދެވަނަ ސެޓް 25-20 އިން، އަދި ތިން ވަނަ ސެޓް 25-22 އިންނެވެ. މިރޭގެ މެޗްގެ ކްއީން އޮފް ދަ މެޗަކީ މުރައިިދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސުވޭބަތު ހުސެއިން އެވެ.މުރައިދޫއިން ރޭ ހޯރަފުށި ބަލިކުރީ ވެސް ސީދާ ތިން ސެޓުން ނެވެ. މުރައިދޫ އަންހެން ވޮލީ ޓީމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މުބާރާތުގެ ދެ މެޗެއް މާދަމާ ކުޅެން ހަމަ ޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މޮޅަދޫ އާއި ދިއްދޫ އެވެ. ރޭގަނޑު ކުޅޭ މެޗުގައި އިހަވަންދޫ ނުކުންނާނީ މި ރޭ މޮޅުވި މުރައިދޫއާއި ދެކޮޅަށެވެ. އިހަވަންދޫން މިއަދު ވަނީ ހޯރަފުށީ މައްޗަށް ކުރި ހޯދާފައި އެވެ.މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ