ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ނޫސްވެރިން އެކްރެޑިޓް ކޮށް ފާސް ދޫކުރަން އުސޫލެއް ހަދައިފި ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސްކޮށްފި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރުއްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފިއެވެ.
ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ބާއްވާފައިވާއިރު، މި މައްސަލާގައި “ދެ މީހެއްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހިމެނޭތީ” ކަމަށް ބުނެ ދެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތް ކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ، 2023 ގަ އެވެ.
ބްރޯޑްކޮމްގައި މި ވަގުތު ތިއްބަވަނީ ފަޒީން އާއި ކޮމިޝަންގެ ރައީސް ކަމަށް މިއަދު އިންތިހާބުކުރި ސަފާ ޝަފީގާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމާއި އާމިނަތު ނުޒުހާގެ އިތުރުން އަލަށް އައްޔަން ކުރި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ