ޖަމިއްޔާތަކުގެ ގާނޫނުން ލާޒިމްކޮށްފައިވާ، ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން ހުއްޓިފައިވާ ޖަމިއްޔާތައް އަލުން ފަށައިގަތުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން އިއްޔެކުރި އިއުލާނުގައި ވިދާޅުވީ މި ބުރުގައި އިތުރު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމިއްޔާއަށް ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ ހުޅުވާލެވުނު ފުރުސަތުގެ ދަށުން މި އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެންމެހާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެކަމަށެވެ.
ދެވިފައިވާ މުއްދަތު ތެރޭގައި ޖަމިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގައި ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ޖަމިއްޔާތައް އެކްޓިވް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް [email protected] މެއިލް ކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
އެކްޓިވް ކުރުމަށް ފުރުސަތު ހުޅުވާލި 55 މަދަނީ ޖަމިއްޔާގެ ލިސްޓް ވެސް އެ މިނިސްޓްރީން ވަނީ އިއްޔެ އާންމުކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ހުއްޓިފައިވާ ޖަމިއްޔާތައް އަލުން ފަށައިގަތުމަށް އިތުރު ފުރުސަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ