ޓްރީ ޓޮޕުން މި މަހު 16-17އަށް ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ދ. ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި ކޭމްޕު އޮންނާނީ މި މަހުގެ 16 އިން 17އަށް ދ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން، ކުޑަހުވަދޫ ކައުންސިލް، ދ. އަތޮޅު ކައުންސިލް އަދި ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާ އެކު އެވެ.
މީގެ އިތުރުން، ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި މަންޓާ އެއާއިން ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ އެވެ.
ތަފްސީލް - މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކީ:
ޑރ. ޒާކިޔާ އަހްމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތައް
ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތައް
ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތައް
ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތައް
ޑރ. މެހްމެޓް އޮޑާ - ކުޑަކަމުދާ ބަލިތައް
ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތައް
ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތައް
ޑރ. އުކްތަމް އަބްދުއްލައެވް - އޮޕަރޭޝަންތައް
މި ކޭމްޕުގެ ތެރެއިން:
ހިލޭ ޑޮކްޓަރަށް ދެއްކޭނެ 
ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ތަމްރީނު ދޭނެ 
އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މައުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިއަށް ގެންދަވާނެ
މި ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ބުނީ ކީކޭ؟ - "މިފަދަ ހެލްތު ކޭމްޕުތައް ބޭއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން. މި ކޭމްޕުތަކުގެ ސަބަބުން އެ މަގްސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން."
ފާހަގަކޮށްލެވޭ - މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހެލްތު ކޭމްޕުތަކުގެ ތެރެއިން މި އަހަރު ބާއްވާ ފުރަތަމަ ކޭމްޕެވެ.
މިދިޔަ އަހަރު ހެލްތު ކޭމްޕު ބޭއްވީ:
ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި 
1،500އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ