ރައީސްދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއް: ނާޒިމް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަދުގެ ރިޔާސީ ބަޔާނަކީ ވަރަށް އުންމީދީ ބަޔާނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ލީޑަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.ނާޒިމް މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައިކުރެއްވި ޕޯސްޓެއްގައެވެ.މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުޙައްމަދު ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލުކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަންކަން ހަޤީގަތަކަށްވާނެ ކަމަށެވެ. އަދި މިއަހަރަކީ އިންގިލާބީ ކުރިއެރުމެއް ރާއްޖެއަށް އަންނާނެ އަހަރަކަށްވާނެކަމަށް އުންމީދުކުރައްވާކަމަށް ނާޒިމް ވިދާޅުވިއެވެ.ނާޒިމް ވިދާޅުވީ ރައީސް މުޢިއްޒު ދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއް ކަމަށެވެ. ރައީސް މިއަދު ދެއްވި ރިޔާސީ އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުމާއި ތަރައްގީ އަށް މިހާތަނަށް ފެށިފައި ހުރި ކަންކަމާއި ކުރަން ރާވާފައި ހުރި ވަރަށް ގިނަ ކަންކަމުގެ ވާހަކަތައް ހިއްސާކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ