ދާއިރާގެ ތިން ރަށުގެ ގިނަ ބަޔަކާއެކު ގޮސް އަލީ ފޯމް ހުށައަޅުއްވައިފި

މަޖިލިސް20 ގައި ކޮންގްރެސް ޕާޓީން ހޯރަފުށި ދާއިރާއަށް ވާދަ ކުރެއްވުމަށް އެ ދާއިރާގެ ރައީސް އަލީ މޫސާ މިއަދު ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި އެވެ.ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ މައި ޕާޓީން ވާދަކުރެއްވުމަށް އަލީ ފޯމް ހުށައަޅުއްވަން ވަޑައިގެންނެވީ ހޯރަފުށި ދާއިރާގައި ހިމެނޭ 3 ރަށް --- އުލިގަމާއި ތުރާކުނު އަދި ހޯރަފުށީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު އެވެ. އަލީގެ ކެންޑިޑެސީ ފޯމާއި އިލެކްޝަން ކޮމިޝަނުން ހަވާލުވެލެއްވީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް އެވެ.ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންނާ ވެސް ވަރަށް ގުޅުން ބޮޑު އަލީ ވަނީ ޔުނިވާސިޓީ އޮފް ސަންޑަ ލޭންޑް އިން ބިޒްނަސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ވަޒީފާގެ ގޮތުން އެޗްއާރ މެނޭޖަރކަމާއި ސަރުކާރު ބައެއް ކުންފުނިތަކުގެ ޑިރެކްޓަރ ކަމާއި ބޯޑު މެންބަރު ކަމުގެ މަގާމު ވެސް އަލީ ފުރުއްވާފައިވެ އެވެ. އަދި ރާއްޖޭގެ އެން ފުޅާއެއް ވިޔަފާރި ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އަލީ ވަނީ ގިނަ އަހަރުތަކެއްގައި ހިދުމަތް ކުރައްވާފަ އެވެ.މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 17 ގައެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. ނަމަވެސް އެ ތާރީހު ރޯދައިގެ ފަހަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.އެގޮތުން ރޯދަ މަހު އިންތިހާބެއް އޮންނަ ނަމަ، އެ އިންތިހާބެއް ބޭއްވޭނީ ރޯދަ މަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ އިންތިހާބު ބާއްވާ ތާރީހު ބަދަލުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ