އައްޑޫ ފްލައިންގ ސްކޫލް މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

އައްޑޫގައި ހިންގި ފްލައިން އެކަޑަމީން ބަދަލު ހޯދުމަށް އެދި އެތަނުގައި ކިޔެވި ދަރިވަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ކޯޓަށް ހުށަހެޅުމުން މިހާރު ހުށަހެޅިފައި އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތެއް އޮތް ކަމަށް ބުނެ އެވެ. އައްޑޫ ފްލައިން އެކަޑަމީ ހިންގަމުން އައި ޓްރިޕްލް އޭ ކުންފުނިން އެއްބަސްވުން ހަމަވާން ގާތްވެފައި ވަނިކޮށް އެތަން ދޫކޮށްލާފައިވާއިރު، އެތަނުގައި 170އަށް ވުރެ ގިނަ ދަރިވަރުން ކިޔެވަމުން ދިޔަ އެވެ.
އެކަމަކު އެތަނުގެ ކޯސްތައް ހިންގަމުން އައި ގޮތާއި، ބައެއް އެހެން މައްސަލަތަކާ ގުޅިގެން ގްރެޖުއޭޓް ނުވުމާއި، ކޯސް ނުފެށި ލަސްވުމާއި، ސްކޭމެއްގެ ތެރެއިން ދަރިވަރުންގެ އަތުން އެތައް ފައިސާއެއް އަތުލާފައިވާތީ 48 ދަރިވަރަކު މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އޭޝިއަން އެއިރޯނޯޓިކްސްއިން އެއިރޮނޯޓިކްސްއިން ގާނޫނާ ހިލާފަށް ޕައިލެޓު ކޯސް ކިޔަވައިދޭން ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލަގައި ބަދަލު ނަގައިދިނުމަށް އެދި އެވެ. އެ ދަރިވަރުން އެދިފައި ވަނީ ބަދަލުގެ ގޮތުގައި 1.8 މިލިއަން ޑޮލަރާއި، ވަކިވަކި ފަރުވާތަކެއް ހޯދުމަށެވެ.
ކޯޓުގައި މި މައްސަލަ ކުރިއަށް ދަނިކޮށް، އޭގެ ތެރެއިން 7 ދަރިވަރަކު ވަނީ އެ ކުންފުންޏާއި އެކު ސެޓްލްމަންޓް އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އެހެންވެ ކޯޓު މަރުހަލާގައި އެ ކުންފުނިން ވަނީ މި މިހާރު ހުށަހެޅިފައި އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައ އެވެ. މިކަމާ ދެކޮޅު ހަދާ ދަރިވަރުން ވަނީ މި ހިސާބަށް އައި ފަހުން ދައުވާ ބޭރުކޮށްލުމަކީ އެ މައްސަލައިގައި ހިމެނޭ އެހެން ދަރިވަރުންގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެފަ އެވެ.
އެކަމަކު ކޯޓުން ނިންމީ ދައުވާ ކުރާ 48 މީހުންގެ ތެރެއިން ބަޔަކު އެ ދައުވާއިން ވަކިވެފައިވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ