މުޅި ރާއްޖެއަށް މޫސުން ގޯސް، މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ

ވެރިރަށް -- މާލެ އަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ހުއްޓާ ނުލާ ވާރޭވެހެމުންދާއިރު ދޭތެރެ ދޭތެރެއިން ގަދަ ވިދުމާ އެކު ވަރަށް ބާރަށް ދަނީ ގުގުރަމުންނެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.
މެޓުން ވަނީ މީގެ ތިން ގަޑިއެއްހާއިރު ކުރީން ފެށިގެން އެކި ސަރަހައްދުތަކަށް މޫސުމީ އިންޒާރު ނެރެން ފަށާފައެވެ. އެންމެ ފުރަތަމަ ނެރުނީ ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ރީނދޫ ސަމާލެވެ. އެއީ މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 5:30 އަށެވެ.އޭގެ ފަހުން އެ އިންޒާރު އިތުރު އަތޮޅުތަކަށް ފުޅާކުރި އެވެ. އަދި ވަގުތު ވެސް އިތުރުކޮށްފައިވެ އެވެ. އެ ގޮތުން ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރުނެވެ.
މެޓުން މީގެ ކުޑައިރުކޮޅެއްގެ ކުރީން ވަނީ ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރެފައެވެ.އޭރު ވެރިރަށް -- މާލެ އަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ހުއްޓާ ނުލާ ވާރޭވެހެމުންދާއިރު ދޭތެރެ ދޭތެރެއިން ގަދަ ވިދުމާ އެކު ވަރަށް ބާރަށް ދަނީ ގުގުރަމުންނެވެ. ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ވަނީ ފެންބޮޑުވެ ފައެވެ.މިގޮތަށް ވެހެމުންދާނަމަ މާލޭގެ ބޮޑު ސަރަހައްދެއް ގައި ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
އުޑުމަތީގެ ބަނަކޮށް އޮތް މިންވަރަށް ބަލާނަމަ އަދިވެސް ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ