އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި އެވެ. 
މި ޝޯރޫމު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝޯރޫމު ހުޅުވައިދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. މި ފިހާރަ ހުންނާނީ އެސްޓީއޯގެ ސްމާޓް ޝޮޕާ އިންވެގެންނެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މިފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެ އެވެ.މި ޝޯރޫމުގައި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. އަދި އެތަނުން  މަކިޓާގެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ، އޭގެ އިތުރުން އެސްޓިއޯ ޕަވާމިކްސް ކަސްޓަމަރުންނަށްވެސް ރެޑީމިކްސް ކޮންކްރީޓް އޯޑަރުކުރެވޭނެ އެވެ. އަދި ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްސް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިންގް ޝީޓް) އޯޑަރުކުރެވޭނެ އެވެ. އެސްޓީއޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ