މަޖިލީސް މެންބަރުންގެ އަދަދު ކަނޑައެޅީ ގޯސްކޮށް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނާ ހިލާފަށް ގެނައި އިސްލާހު ތަނެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަ ކުރެވޭނެ އެވެ.މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުން ވަނީ އެ އަކުރުތައް ބާތިލުކޮށްފަ އެވެ. ނަމަވެސް، ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ އެ އިސްލާހު ގެނެސްފައި ވަނީ ރަގަޅު ނިޔަތެއްގައި ނޫން ކަމަށެވެ.އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ބަންޑާރަނައިބުގެ އޮފީހުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ. އެމްޑީޕީން ދެކޭ ގޮތުގައި ގަވައިދު އިސްލާހު ކުރުމުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ މިހާރު 80 އެވެ. އެކަމަކު، ގަވައިދަކަށް ގެންނަ އިސްލާހު ގާނޫނުއަސާސީއަށް ވުރެ މަތި ނުވާނެ ކަމަށް ސަރުކާރުން ދެކެއެވެ.ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގެ ތެރެއިން ވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނިމެންދެން މަޖިލީހުން ގެނައި އިސްލާހަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެދިފައިވާއިރު، ސުޕްރީމް ކޯޓުން އޮތީ އެފަދަ އަމުރެއް ނެރެފައެވެ.އިތުރު ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ