އިއްޒުއްދީން ސްކޫލްގައި ރެނދެން ލައިފައިވުމާ ގުޅިގެން އެ ސްކޫލު ހުސްކުރަން އަދި މިހާތަނަށް ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކުރީގެ އެމްއީއެސް ހިންގި އަދި މިހާރުގެ އިއްޒުއްދީން ސްކޫލު ހިންގަމުންދާ އިމާރާތުގެ 3 ވަނަ ފަންގި ފިލާގައި ރެނދެއްލުމާ ގުޅިގެން އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެސެސްމެންޓެއް ހަދަމުންނެވެ.
އަދި އެސެސްމަންޓުގެ ނަތީޖާ އަށް ބަލައި ކުދިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެ ކަމަށް ބެލެނިވެރިންނަށް އަންގާފައި ވީ ނަމަވެސް މިހާތަނަށް އެސެސްމެންޓް ނިމިފައި ނުވާ ކަމުން އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން އިން ބުންޏެވެ.
ނަމަވެސް އިއްޒުއްދީން ސްކޫލް މިހާރު ހިންގާ އިމާރާތާ ޖެހިގެން ހުންނަ ވިލާ ކޮލެޖަށް އެ ސްކޫލް އިމާރާތް ދޭން އުޅޭ ކަމަށް ބުނެ އަދި އިއްޒުއްދީން ސްކޫލްގެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލު ކުރާ ވާހަކަތަކެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެކަމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ އޮފިޝަލު ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި މިހާތަނަށް އަދި އެކަމުގައި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލަށްވާއިރު، އެ ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑް އެކަކުން ފެށިގެން 6 އާ ހަމައަށެވެ. މިއަހަރު ވަނީ އެސްކޫލުގައި ގްރޭޑް 10 ކިޔަވައިދޭން ފަށާފައެވެ.
އެ ސްކޫލް ނިސްބަތްވަނީ ރާއްޖެ ހޮޅީންގެ ކިބައިން ސަލާމަތް ކުރެއްވި އައްސުލްތާނުލް ގާޒީ ހަސަން އިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އާންމު ނަމުންނަމަ ދޮންބަންޑާރައިންނަށެވެ.
އިއްޒުއްދީން ސްކޫލް ހުސްކުރުމާ މެދު ގޮތެއް ނިންމާނީ ހާލަތު ދެނެގަނެ ނިމުނީމައި: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ