ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށައަޅުއްވައިފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރަމަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން ހުރި މުހިންމު މަސައްކަތަކެއް ހުރުމުން އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރަން ގަސްދުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
މަޖިލީހުގެ ދައުރު އިތުރުކުރެވޭނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެހެންކަމުން އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރުމަށް މިއަދުގެ ވޯޓުގެ ވަގުތުގައި ވޯޓަށް އެހުމަށް ވަނީ ތައާވަލުކޮށްފައެވެ.
ދައުރު އިތުރު ކުރަނީ ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށް މަޖިލީހުގެ ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
މަޖިލީހުގެ މި ދައުރު އިތުރު ކުރުމަށް ނިންމާފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްވެސް އަދި ނުނިމެއެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެކި ބިލުތަކުގެ މަސައްކަތްވެސް މަޖިލީހުގައި ކުރިއަށް އެބަދެއެވެ.
ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އިސްލާހް ގާނޫނު އަސާސީ އާ ޚިލާފް: އެމްޑީޕީ އޭސީސީއާއި އީސީގެ ނައިބު ރައީސާއެކު 3 މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ