އެސްއެސް ރާޖާމޮލީގެ ފިލްމުގައި ޕްރިތްވީ ކުޅޭ ކެރެކްޓާ ދައްކާލައިފި
އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސް އެސް ރާޖާމޮލީގެ އާ ފިލްމުގައި އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ކުޅޭ ކެރެކްޓާގެ ފަސްޓް ލުކް ދައްކާލައިފިއެވެ. މިއީ މި ފިލްމާ ގުޅޭ ވާހަކަތައް ވަންހަނާ ކުރުމަށްފަހު މި މަހުތެރޭ ފިލްމާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ބެލުންތެރިންނަށް ހިއްސާ ކުރުމަށް ރާޖާމޮލީ ކުރި ވައުދުގެތެރެއިން ބެލުންތެރިންނަށް ދައްކާލި ފިލްމުގެ ފުރަތަމަ ޕޯސްޓަރެވެ. އަދި ރަސްމީކޮށް ނަން އިއުލާނު ނުކުރާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ ސައުތު އެކްޓަރު ޕްރިތްވީރާޖް ސުކްމަރަންއެވެ. ޕްރިތްވީރާޖް ފެންނަނީ ނުކުޅެދޭ މީހެއްގެ ގޮތުގައި ނަމަވެސް އޭނާ ފެންނާނީ 'ކުމްބާ' ކިޔާ ވަރަށް ވަރުގަދަ ކެރެކްޓާއަކުން ކަމަށް މި ޕޯސްޓަރުން ހާމަވެއެވެ. ޕްރިތްވީއާ އެކު އަލަށް ފިލްމެއްގައި މަސައްކަތްކުރާ ކުޅަދާނަ ޑައިރެކްޓަރު ރާޖާމޮލީ ބުނެފައި ވަނީ އޭނާ އަކީ މިހާތަނަށް އެކީގައި މަސައްކަތް ކުރެވުނު އެންމެ ހުނަރުވެރި މޮޅު އެކްޓަރު ކަމަށެވެ. ތެލުގޫ އެކްޓަރު މަހޭޝް ބާބޫ، ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ--ފޮޓޯ/ހިންދުންސްތާންޓައިމްސް މަޝްހޫރު ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އަދި ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލްއިން ފެންނާނެ ރާޖާމޮލީގެ މި ފިލްމަކީ ޖަންގަލް އެޑްވެންޗާއެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ޕްރިތްވީ ކުޅޭ ކެރެކްޓާގެ ފަސްޓް ލުކް ޕޯސްޓާ އަކީ ފިލްމާ ގުޅޭ މައުލޫމާތުތައް އާއްމުންނާ ހިއްސާކުރުމުގެ ފެށުން ކަމަށްވާއިރު ކުރިއަށް ހުރި ހަފްތާތަކުގައި ފިލްމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ބެލުންތެރިންނާ ހިއްސާކުރެވޭނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމުގެ ޝޫޓިންގް މިހާރު ވެސް ކުރިއަށްދާއިރު ދާދިފަހުން ބަތަލާ ޕްރިޔަންކާ ވަނީ ފިލްމުގެ މަސައްކަތްތައް އިންޑިއާއަށް ދަތުރުކޮށްފައެވެ. އަންނަ އަހަރު ބެލުންތެރިންނަށް ހަމައަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ މި ފިލްމަކީ "ބާހޫ ބަލީ" އަދި "އާރްއާރްއާރް" ފަދަ ފިލްމުތައް ގެނެސްދިން ރާޖާމޮލީ އާއި އޭނާގެ ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ