ދެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި މާލޭގައި ޓެކްސީއެއްގައި ރޯވެއްޖެ ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ

އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި، އެ ސްކޫލުގެ މެނޭޖްމަންޓު ފެއިލްވެފައިވާކަމަށާއި އަދި މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ ބަލައިގަންނަ ކަމެއްނޫން ޓީޗަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ދަރިވަރު، ފޯނު މެދުވެރިކޮށް ކްލާސް ސްކްރީންގައި އަޅުވާފައިވާ ބޭއަދަބީ މަންޒަރަކާއި ގުޅިގެން ޓީޗަރު ފޯނު ހޯދަން އުޅުމުން ކަމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެކަން ފާހަގަކޮށް މި ބަޔާނުގައި ބުނީ ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިމާވާ މިފަދަ މައްސަލަތައް ރަނގަޅަށް ނުބެލުމުގެ ސަބަބުން ޓީޗަރަށް އަދަބު ދެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އިތުރަށް ބަޔާނުގައިވަނީ މިފަދަ ސަބަބުތަކާ ހެދި، ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް، ދިޔުމުގެ ސަބަބުން އެތައް ކުދިންނެއްގެ ކިޔެވުމަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާ، ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ މިއީ އެ ސްކޫލުގައި އާންމު ކަމެއްކަން އެ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާހިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުންކަމަށް ޓީޗާރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ސްކޫލުގައި ހިނގާފައިވާ މިފަދަ ކަންތައްތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދަރިވަރަށް ކްލާސްތެރެއަށް ފޯނު ގެންދިއުމަށް ހުއްދަ ދެވިފައި އޮތް އޮތުން ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ