ބީއެމްއެލްގެ އާ ކުންފުންޏަކީ ހިންގާ ބޮޑު ޖަރީމާއެއް، މައްސަލަ ބެލޭނެ: ޔާމީން ބީއެމްއެލްގެ އާ ކުންފުންޏަކީ ހިންގާ ބޮޑު ޖަރީމާއެއް، މައްސަލަ ބެލޭނެ: ޔާމީން

ބޭންކު އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަކީ "ހިންގާ ބޮޑު ޖަރީމާއެއް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގއި ޔާމީން ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާ އަށް ބީއެމްއެލްއިން ވަނުމަކީ މުޅި ނިޒާމު އޮޅުންބޮޅުން ކުރުމެވެ.
"މިއީ ބޭންކު އޮފް މޯލްޑިވްސްއަށް ކުރެވޭނެ ކަންކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
"މިހުރީ ހިނގާ ބޮޑެތި ޖަރީމާ. މިވަރު ވެގެން ދިޔައީމަ ދިވެހިރާއްޖޭގެ ރައްޔިތުން ވިސްނަން އެބަޖެހޭ."
ރައްޔިތުންނަށް ހެޔޮ އަގެއްގައި ގެދޮރު ލިބެން އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކަން ކުރަން ޖެހޭނީ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހިންގުމުގައި އެބަ ހުރި ކަންކަން ކުރެވޭނެ ގޮތްތައް. އެކަންކަން ދޫކޮށްލާފައި ކުރެވޭ ކަންކަމަކީ ކޮރަޕްޝަން،" ޔާމީން ވިދާޅުވި އެވެ.
މިފަދަ ޖަރީމާތައް ތަހުގީގުކޮށް ބެލޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބީއެމްއެލްއާއި އެމްއޭސީއެލް، މުއިއްޒު އަށް ފެނިވަޑައިގަންނަވަނީ "ރަންބިސް އަޅާ ކުކުޅު" ގެ ގޮތުގައި ކަމަށެވެ. އެމްއޭސީއެލްއިން އެ ކުންފުންޏާ ނުވެސް ގުޅޭ ކަންކަން ކުރަމުން ދަނީ ހެސްކިޔާފައި ކަމަށާއި އަފަދަ އަނެއް ތަނަކީ ބީއެމްއެލް ކަމަށް ޔާމީން ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވާއިރު ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއުއެއް ވެސް ފެށިފައި ނެތެވެ.
ބީއެމްއެލްއިން އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑު އުފެއްދީ، ބޯހިޔާވެހިކަމުގެ މައްސަލަތަކުގައި ސަރުކާރަށް ފާޑުކިޔުން އިތުރުވަމުން ދަނިކޮށެވެ. މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާގެ ދަތިކަން ވެސް ކުރިމަތިވެފައި ވަނިކޮށެވެ .
ބީއެމްއެލްއިން ބިނާކުރަނީ 3000 ހައުސިން ޔުނިޓެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައި 2،700 ހައުސިން ޔުނިޓެވެ. ނަަމަމަވެސް މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މި ހުރިހާ ފްލެޓެއް އަޅާކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ