އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރު، ބޭނުންވަނީ އެކި ދާއިރާތަކުގެ ބޮޑު 'ބޫމް'އެއް: ރައީސް
އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވައި، އެ މަނިކުފާނު ބޭނުންވަނީ އެކި ދާއިރާތަކުން "ބޮޑު ބޫމް"އެއް އައިސް ކުރިއެރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ، އަންނަ އަހަރަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، ބޭނުންވަނީ އެކި ދާއިރާތަކުގެ ކުރިއެރުމަށް ފުރުސަތު ދޭން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަޅުގަނޑުމެން ބޭނުންވަނީ އެކި ދާއިރާތަކުން އުފެއްދުންތެރިކަން ރާއްޖޭގައި ބޮޑު ބޫމްއެއް އައިސް ކުރިއަރައިގެން ދާނެ ފުރުސަތު ދޭން. ހަމައެކަނި ޓްރެޑިޝަނަލް އިންޑަސްޓްރީތަކެއް އެކަންޏެއް ނޫން. ޓޫރިޒަމް އެކަންޏެއް ނޫން. މަސްވެރިކަން އެކަންޏެއް ނޫންރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް މުއިއްޒު ކޮމަންޑޫގައި: ވިދާޅުވީ، ބޭނުންވަނީ އެކިދާއިރާތަކުން ރާއްޖޭގައި އުފެއްދުންތެރިކަމުގެ 'ބޮޑު ބޫމް'އެއް އައިސް ކުރިއަރަން ފުރުސަތު ދޭން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެފަދަ ފުރުސަތުތައް، އީޖާދީ ޒުވާނުންނާއި ރައްޔިތުންނަށް ދީ، އައު އުފެއްދުންތައް ވިއްކާނެ ޕްލެޓުފޯމުތައް ފަހިކޮށްދޭން ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެއާއެކު، ރައީސް ވަނީ، ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަކޮށްދޭ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމުގެ އިންތިޒާމު ހަމަޖެހުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އެކަން މަގުފަހިކުރުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. https://sun.mv/212659 އުރީދޫއާ ގުޅިގެން މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އަންނަ އަހަރު ތެރޭގައި ޕޭޕަލްގެ ޚިދުމަތް ފެށޭނެ ކަމަށް ވަރަށް އުންމީދު އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޕޭޕަލްގެ ޚިދުމަތް ދިވެހީންނަށް ލިބެން ކައިރިވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ އެތައް ފުރުސަތެއް އެބަހުރި ކަމަށެވެ. އަދި އޭގެ ފައިދާ ވަރަށް ބޮޑަށް ރައްޔިތުންނަށް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ