ވެރި ރަށް މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ މީހުންނާއެކު ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި ކުރަން ބޭނުންވާ ސުވާލު ކުރީ ބައިގައި ހުށަހަޅަން ނުޖެހޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަންޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ،" ހީނާ ވިދާޅުވެފައިވެ އެވެ.
ހީނާ އެހެން ވިދާޅުވި ނަމަވެސް، މާފަންނު ރައްޔިތުންނާއެކު ޑިސެމްބަރު 4، ގައި ބާއްވާ ބައްދަލުވުމުގައި ސުވާލު ކުރަން ބޭނުންވާ މީހުން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް އެންގުމަށް އޭނާ ދަނީ ވިދާޅުވަމުންނެވެ.
ރައީސްއާ ސުވާލު ކުރަން ބޭނުންވާ މީހުން އޭނާއަށް އެންގުމަށް އަސްމާ އެދުނީ ދާއިރާގެ ރައްޔިތުންނަށް އަސްމާގެ ފޯނު ނަންބަރުން ފޮނުވި އެސްއެމްއެސްއެއްގަ އެވެ. އަދި މުއިއްޒަށް ނޯޓެއް ނުވަތަ ސިޓީއެއް އަރުވަން ބޭނުންވާ ނަމަ އެ ތަކެތި ވެސް އަސްމާއާ ހަވާލު ކުރަން އޭނާ އެދިފައިވެ އެވެ.
"މި ބައްދަލުކުރެއްވުމުގައި، ރައީސްއާ ސުވާލެއް ކުރައްވަން ނުވަތަ މެސެޖެއް އަރުވަން ބޭނުންފުޅުވާނަމަ އަޅުގަނޑަށް އެންގެވުމަށް އެދެން. އަދި ނޯޓެއް ނޫނީ ސިޓީއެއްގެ ގޮތުގައި ރައީސްގެ އަތްޕުޅަށް އަރުވަން ބޭނުންފުޅުވާ ނަމަ، ޖަލްސާއަށް ވަޑައިގެން އަޅުގަނޑާ ހަވާލުކޮށްދެއްވުމަށް އެދެން،" އަސްމާ ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ރައީސްއާ ކުރަން ބޭނުންވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ ރައީސްއާ ކުރަން ބޭނުންވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ