ޑެންގީ ހުމުގެ ކޭސްތައް އެންމެ ގިނަ ކުޅުދުއްފުށީގައި، ގޭގޭގައި މަދިރި އާލާވާ ތަންތަން ބަލަން ފަށަނީ

ކުޅުދުއްފުށި ސިޓީގައި ޑެންގީ ހުން އިތުރުވަމުން އަންނާތީ، ގޭގޭގައި މަދިރި އާލާވާ ތަންތަން އަންނަ ހޮނިހިރު ދުވަހު ބަލަން ފެށުމަށް އެ ރަށުގެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުން ޖެހިގެން 2،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ މިދިޔަ އަހަރު މި މުއްދަތާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށް ބުނެފައެވެ. އެ އޭޖެންސީގެ ތަފާސްހިސާބުން ދައްކާ ގޮތުން މި އަހަރު ރިޕޯޓުކޮށްފައިވާ ޑެންގީ ކޭސްތަކުގެ ތެރެއިން، 57.94 ޕަސެންޓް ރިޕޯޓުކޮށްފައިވަނީ ކުޅުދުއްފުށިންނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު ހުސެއިން ވިދާޅުވި ގޮތުގައި، އޭޕްރީލް 21 އިން ފެށިގެން މިހާތަނަށް ވެސް 147 މީހަކު ޑެންގީއަށް ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެ ތެރޭގައި ގިނައީ އެ ރަށު މީހުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލުން އިސްވެ ވަނީ ޑެންގީ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ޑެންގީ ހުން އިތުރުވާތީ މީހުން ދިރިއުޅޭ ގޭގައި މަދިރި އާލާވާ ތަންތަން ހުރިތޯ ބެލުމަށް ޓާސްކްފޯހުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. https://sun.mv/221565 ކުޅުދުއްފުށި ބަނދަރު ސަރަހައްދު: ކުޅުދުއްފުށި ސިޓީގައި ޑެންގީ ހުން އިތުރުވާތީ، ގޭގޭގައި މަދިރި އާލާވާ ތަންތަން ބަލަން ފަށަނީ --- ފޮޓޯ: ކުޅުދުއްފުށި.ކޮމް މިގޮތުން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:00އިން 18:00އަށް ޑެންގީ ޓާސްކްފޯހުން ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކުރާނެ ކަމަށް އިއުލާނުގައިވެއެވެ. އެ ކައުންސިލުން ވަނީ، ގެތަކާއި ދޫކޮށްފައިވާ ގޯތިތަކުގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި، ސާފުތާހިރުކޮށް ބާއްވަން ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޑެންގީ ޖެހިގެން މިދިޔަ މަހުގެ ތެރޭގައި 17 އަހަރުގެ ކުއްޖަކާއި 23 އަހަރުގެ ޒުވާނަކު މަރުވެފައިވެއެވެ. އެ ބަލި ފެތުރުން މަދުކުރުމަށް، މަދިރި ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއާއި ކަމާބެހޭ އިދާރާތައް ގުޅިގެން މިދިޔަ މަހު މާލޭ ސަރަހައްދުގެ 300އަށް ވުރެ ގިނަ ތަންތަން ބަލައިފައިވެއެވެ. އަދި މިދިޔަ މަހު އައްޑޫ ސިޓީގައި ވެސް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގާނެކަން އެ ސިޓީގެ ކައުންސިލުން އިއުލާންކޮށްފައިވެއެވެ. https://sun.mv/221041 ރާއްޖޭގައި އެންމެ ގިނައިން ފެތުރޭ ބަލިތަކުގެ ލިސްޓުގައި ޑެންގީ ހިމެނެއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާއިރު، މި މޫސުމުގައި ޑެންގީ އިތުރަށް ފެތުރެން މަގުފަހިވެއެވެ. އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސް ވެއެވެ. ޑެންގީ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ