މިއަދު އިތުރު 133 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށްމީހަކާއި ޔޫއޭއީގެ ދެމީހަކާއި އިނގިރޭސިވިލާތުގެ ދެމީހަކާއި ސްރީލަންކާގެ ދެމީހަކާއި ނޭޕާލް މީހެކެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 6،912 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 4297 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2،588 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 27 މީހަކު ވަނީ ނިޔާވެފައެވެ.
103 ދިވެހިންނާއެކު މިއަދު އިތުރު 133 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ