ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތުތަކެއް ނުލިބޭކަމަށް ބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލައި ނުގަތީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒުފޯރުވާތީކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓު ބޭރުގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، މައްސަލަ ބަލައި ނުގަތުމަށް ނިންމީ ސަރުކާރުގެ ނުފޫޒު ޖުޑީޝަރީއަށް އޮތުމުންކަމަށެވެ. އަދި މި ނިންމުމާއި ގުޅިގެން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ އޮތް ހާލަތު ރައްޔިތުންނަށް އެނގިގެން ގޮސްފިކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއީ އެ ޕާޓީގެ ސަޕޯޓަރުންނާއި ދިވެހި އެންމެހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި މިއަދުގެ މެންދުރުގެ ވަގުތެއްގައި ބޭއްވޭ ޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުމަކަށްފަހު، މައްސަލައިގައި ކުރިއަށްދާން ނިންމި ގޮތް ރައްޔިތުންނަށް ހާމަކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސުޖާއުގެ ވާހަކައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރެއްވިއެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ކަނޑައެޅިފައިވާ ތާރީހުތަކަށް އިންތިހާބުތައް އިންތިހާބުތައް ތާރީހަށް ނުބޭއްވޭކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ކުރާ ގޮތުން ރައްޔިތުންގެ ފުށުން އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އިންތިހާބާ ކުރިމަތިލާން ނުކުރިގެން އެމްޑީޕީން ބޭނުންކުރާ އުކުޅެއް ކަމަށް ތުހުތަމުކުރައްވިއެވެ.
”އިންތިހާބެއް އެމްޑީޕީގެ ވެރިކަމެއްގައި އޮންނަ ތާރީހަކަށް ނުބޭއްވޭނެ، އެއީ ވެރިކަން ލިބުނީމާ ހެދޭ ގޯސްތަކުން ރައްޔިތުން ފްރަސްޓްރޭޓް ވެފައި ތިބީމަ އިންތިހާބަށް ކުރިމަތިލާން ނުކުރޭ މަންޒަރު“ ސުޖާއު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތުތަކެއް ނުލިބޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން މައްސަލައެއް ވައްދާފައި މިވަނީ އެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް ސަރުކާރަށް އިލްތިމާސްކުރުމަށް ފަހުއެވެ. އިދިކޮޅުން ބުނަނީ ސަރުކާރުން އަންނަނީ ކޮވިޑް ބަލިމަޑިކަމުގެ ހާލަތުގެ ނާޖައިޒު ފައިދާ ނަގާ، ކެނޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އަޅަމުންނެވެ.
ހާއްސަކޮށް މި ހާލަތުގައި ވެސް ރަސްމީ އެކިއެކި ހަފުލާތައް ބޭއްވުމުގެ ނަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކަށް އެ ފުރުސަތު ހޯދަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ދަތުރު ނުކުރެވޭ ހާލަތުގައި، އެހެން ބަޔަކަށް އެ ފުރުސަތު ލިބިގެން ދިއުމަކީ އިންސާފެއް ނޫންކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
ކޯޓުން މައްސަލަ ބަލައި ނުގަތުމުން ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ސަރުކާރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ