މާވަށު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީއްކޯ) އިއުލާނު ކުރައްވައިފިއެވެ.
މޫސަ ވާދަ ކުރައްވަނީ އެމްޑީޕީގެ ޕްރައިމަރީގައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމުގެ އުއްމީދާއިއެކު މަސައްކަތް ކުރައްވާކަމަށް މޫސަ ވިދާޅުވީއިރު، އޭނާ ވަނީ މީގެ ކުރީގައި މަޖިލީހުގެ ރައީސްކަމުގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އޭނާ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރުކަންވެސް އަދާ ކުރައްވާފައެވެ.
ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖްލިސް ގޮނޑިއަށް އެމް ޑީ ޕީ ޕްރައިމަރީ ގަ މިފަހަރު ވާދަކުރަންނިންމާ ، 20ވަނަ ރައްޔަތުންގެ މަޖްލީހުގާ މަސައްކަތް ކުރުމުގެ އުއްމީދުގާ ﷲގެ ވާގިފުޅާއެކު މަސައްކަތް މި ކުރަނީ pic.twitter.com/ZhuhyL4wP5
— Moosa Maniku (Reeko) (@ReekoMoosa) December 16, 2023
އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ މޫސަ ވަނީ 2008 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށްވެސް ވާދަ ކުރައްވާފައެވެ. އެ އިންތިހާބުން އޭނާ ބަލިވުމަށްފަހު ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން އޭގެ ފަހުން އެމްޑީޕީއާއި ވަކިވެވަޑައިގެންނެވިއެވެ.
އެއަށްފަހު ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއިން ވަކިވުމަށްފަހު މޫސަ ވަނީ އަނެއްކާ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. އަދި 2023 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގައި މޫސަ ވަނީ އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.
މާވަށު ދާއިރާގެ ގޮނޑިއަށް ރީއްކޯ ވާދަ ކުރައްވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ