ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީގޮތުން މަނާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންގެ ވެހިކަލްތަކުގެ ޕާކިން ސަރަހައްދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނިގޮތުގައި މި މަހު 26ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން، ޕާކުކުރުން މަނާކޮށްފައިވަަނީ އިރުމަތީ ފަރާތު ޕާކިން ޒޯނާއި ހުޅަނގު ފަރާތުގެ ޕާކިން ޒޯނުގަ އެވެ. އެމްއޭސީއެލްގެ އިއުލާނުގައިވާ ގޮތުން، އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ވެސް ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މަނާ ވާނެ ކަމަށެވެ. އިރުމަތީ ފަރާތުގައި މިހާރު ޕާކް ކޮށްފައިވާ ހަތަރުފުރޮޅުލީ ހުރިހާ އުޅަނދެއް ވެސް އެ ތާރީހުގެ ކުރިން ނަގަން އެމްއޭސީއެލްގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.އެމްއޭސީއެލުން ބުނީ އެ މުއްދަތު ފަހުން ނުނަގާ ހުންނަ އުޅަނދުތައް، ފުލުހުންގެ އެހީގައި ނަގާނެ ކަމަށެވެ. އަދި ދެން އެތަން އަލުން ހުޅުވާނެ އިރެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ