އެޗްޑީސީގެ ޑީއެމްޑީ ފަޔާޒު ވެސް އިސްތިއުފާ ދެއްވައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ކުރިން ވެސް އުޅުއްވި ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. ނަމަވެސް، މައުރޫފު އިއްޔެ އިސްތިއުފާ ދެއްވި ފަހުން، ފަޔާޒު ވެސް ވަނީ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ.ކުންފުނިތަކަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. އެނގިފައިވާ ގޮތުގައި ފަޔާޒު އިސްތިއުފާ ދެއްވީ، މައުރޫފު ވެސް މަގާމުން ދުރަށް ވަޑައިގަތުމުންނެވެ.މައުރޫފްގެ އިސްތިއުފާ ދެއްވުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ