މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށައިފިއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްޓް ލިބެން ފަށައިފިއެވެ. އެގޮތުން މާފަންނާއި ގަލޮޅުގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ދީފައެވެ. ސްޓެލްކޯއިން ބުނީ ކަރަންޓް އަލުން ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިން ނަމަވެސް ހުޅުމާލޭގެ އާއްމު އެއްވެސް ގޭބިސީއަކަށް އަދި ކަރަންޓް ލިބުނުކަމެއް ކަމާބެހޭ ފަރާތަކުން އަދި ޔަގީންކޮށެއް ނުދެއެވެ.
މުޅި މާލެ އަދި ހުޅުމާލެ ހިމެނޭހެން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑުފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މާލޭގެ ބައެއް ހިސާބުތަކަށް ކަރަންޓް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ