ފިލްމު 'ބޯޑަ 2' ނެޓްފްލިކްސްއަށް

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ބޯޑާ 2" ނެޓްފްލިކްސްގައި ރިލީޒްކުރާ ތާރީޚު އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފިއެވެ. ޖޭޕީ ފިލްމްސް އާއި ޓީ-ސީރީސް ގުޅިގެން ގެނެސްދިން "ބޯޑާ 2" އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފިލްމު "ދުރަންދާރު"އަށް ފަހު މި އަހަރު ރިލީޒްކުރި ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ސަމާލުކަން ހޯދި ފުރަތަމަ ފިލްމެވެ. ފިލްމު އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް، ވަރުން ދަވަން، އަހާން ޝެޓީ އަދި ދިލްޖީތު ދޮސާންޖް ލީޑް ރޯލްތައް ކުޅެފައިވާ މި ފިލްމު ނެޓްފްލިކްސްގައި ރިލީޒްކުރާނެކަމަށް ބުނެފައި ވަނީ މި އަންނަ ހުކުރު ދުވަހުއެވެ. މި 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ތެރޭގައި ހިނގި "އޮޕަރޭޝަން ޗެންގީޒް ޚާން" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުގައި ސަނީ ކުޅެފައި ވަނީ ހަނގުރާމައިގެ ބެޓޭލިއަނެއްގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފާތިހް ސިންގް ކޭލާގެ ރޯލެވެ. ފިލްމު "ބޯޑާ 2"ގެ މަންޒަރެއްގައި ސަނީ ޑިއޯލް އަދި މޯނާ ސިންގް--ފޮޓޯ/މިޑްޑޭ "ކޭސަރީ" (2019)، "ޕަންޖާބު 1984" (2014)، "ޖަޓް އެންޑް ޖޫލިއެޓް" (2012) އަދި "ދިލް ބޯލޭ ހަޅިއްޕާ" (2009) ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު އަނޫރާގް ސިންގް އުފައްދާފައިވާ މި ފިލްމަކީ، 1997 ވަނަ އަހަރު ޖޭ.ޕީ ދައްތާ ޑައިރެކްޓްކުރި މަޝްހޫރު ފިލްމު "ބޯޑާ" ގެ ދެވަނަ ބައެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ނެރުނު އަސްލު ފިލްމުގައި ދައްކުވައިދީފައި ވަނީ 1971ގެ ހަނގުރާމައިގައި ހިނގި "ބެޓްލް އޮފް ލޮންގޭވާލާ"އެވެ. އެ ފިލްމުގައި ސަނީގެ އިތުރުން ސުނިލް ޝެޓީ، ޖެކީ ޝްރޮފް، އަކްޝޭ ކަންނާ، ސުދޭޝް ބެރީ، ޕުނީތު އީސާރު، ކުލްބުޝަން ކަރްބަންޑާ، ތާބޫ، ރާކީ، ޕޫޖާ ބަޓް އަދި ޝަރްބާނީ މުކަރްޖީ ފަދަ ތަރިން މުހިންމު ރޯލްތައް ކުޅެފައިވެއެވެ. ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 484.53 ކްރޯޑް ރުޕީސްއާ ކައިރިކުރާ މިންވަރަށް އާމްދަނީއެއް ލިބުނު "ބޯޑާ 2"ގެ ބަތަލާއިންގެ ގޮތުގައި ފެނިފައި ވަނީ ސޯނަމް ބަޖްވާ، މޯނާ ސިންގް އަދި މޭދާ ރާނާއެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރު، ކްރިޝަން ކުމާރު، ޖޭ.ޕީ ދައްތާ އަދި ނިދީ ދައްތާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ