ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓު ހޮވުމުގެ އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުންތައް ފެންނާނެ
ދިރާގުން ކުރިއަށްގެންދާ "'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވަން ބާއްވާ އިވެންޓުގައި، މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ބުނެފި އެވެ.އުމުރުން އެންމެ 17 އަހަރުގެ މީކާ އަކީ އޭނާގެ ހުނަރުވެރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަގުބޫލުކަމެއް ހޯދަމުން އަންނަ ފަންނާނެކެވެ. އެގޮތުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 އާ ގުޅުވައިގެން ބޭއްވި 'ދިރާގު އެކްސް އައިސިކް' ޝޯގައި ވެސް ޑީޖޭ މީކާ ވަނީ އޭނާގެ މިއުޒިކީ ހުނަރާއި ފޯރިގަދަ ހުށަހެޅުންތައް ދައްކާލައި، ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.ދިރާގުން ބުނީ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ އިއުލާނުކުރާ ވަގުތު ކަމަށެވެ.އެގޮތުން މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ޒުވާން ފަންނާނެއް ކަމަށްވާ ޑީޖޭ މީކާގެ ފޯރިގަދަ ހުށަހެޅުމަކުން ކަމަށް ދިރާގުން ބުންޏެވެ.ދިރާގުން ބުނީ ސްޕީޑް ބޯޓު ޕްރޮމޯޝަންގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑް ބޯޓު ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބުކުރުމުގެ ފުރުސަތު މިއަހަރުގެ މާޗު މަހުގެ 31ގެ ނިޔަލަށް ކަސްޓަމަރުންނަށް އެބައޮތް ކަމަށެވެ.މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ