ހިތަދޫ އުތުރު ގޮނޑި އަށް ސޯބެ އެކަނި ކުރިމަތިލުމުން އެމްޑީޕީގެ ޓިކެޓު ލިބިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޓިކެޓް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ދީފި އެވެ.އެމްޑީޕީން ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް، ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވައިލައިފަ އެވެ.އެމްޑީޕީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރެއްވީ، އެ ޕާޓީގެ ވެސް ހިތަދޫ އުތުރު ދާއިރާގެ ރައީސްކަން ކުރައްވާ ސޯބެ އެވެ.އެހެންކަމުން ސޯބެއަކީ އެ ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓުކަމަށް އެމްޑީޕީގެ އިއުލާނުގައިވެ އެވެ.ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. އެކަންކަމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރައްވަމުން ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ