ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފި އެވެ.
މަޖިލީހުގެ ވެބްސައިޓުން ދައްކާ ގޮތުން 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކުރި އިރު، އޭނާއަކީ އެ ކޮމިޓީގައި އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެއް ބޭފުޅެވެ.
މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ