ޕީއެންސީގެ އެސްޖީކަމަށް މޫސާ ފަތުހީ އައްޔަނުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަނުކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ، މޫސާ ފަތުހީ އެޕާޓީގެ އެސްޖީކަމުގެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން މަރުހަބާ ކިޔާފައެވެ.
ޕީއެންސީގެ އެސްޖީ ކަމުގެ މަގާމް ހުސްވީ، ކުރިން އެމަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މުއާޒް އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްކަމަށް މުއާޒް ބުނެފައިވެއެވެ.
އަލަށް އެސްޖީކަމުގެ މަގާމަށް އައްޔަނުކުރެވުނު މޫސާ ފަތުހީ އާދަމް ކުރިން ހުންނެވީ، ކެބިނެޓަށް ގެނައި ބަދަލާއެކު އުވާލެވުނު ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ