ޓޫރިޒަމް ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ އެހީވާން ތައްޔާރު: ބީއެމްއެލް

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާއެކީ މަޝްވަރާކުރަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ބުނެފި އެވެ.އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަހައްމަލުކުރާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަަކައި، އެ ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ޓޫރިޒަމް ކުރާ އަސަރުތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ރިސޯޓު އަޮޕަރޭޓަރުންނާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ޓޫރިޒަމާ ގުޅުން ހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާ އެކު މެދުކެނޑުމެއް ނެތި މަޝްވަރާތައް ކުރާ ކަމަށް ރާއްޖޭގެ ގައުމީ ބޭންކުގެ ބަޔާނުގައި ބުންޏެވެ."މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދޭ،" ބީއެމްއެލުން ބުންޏެވެ.ކުރިއަށް ހުރި ދުވަސްތަކުގައި، ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ބޭންކުން ބަލަމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، އެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ