އައްޑޫގައި ސައިޓޯޓޮކްސިކް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) އާ އެއްގޮތަށް މައުލޫމާތު ހުށަހަޅަންޖެހެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000 ރުފިޔާ ހުށަހަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. އަދި ބީލަމުގެ ވެލިޑިޓީ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެ ކަމަށް މިނިސްޓްރީން ބަޔާންކުރެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 07 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ރިސެޕްޝަނަށެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 10:05 ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 29 މާރިޗް 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. މި މަސައްކަތުގެ ޓީއޯއާރު އަދި ގުޅުންހުރި ލިޔެކިޔުންތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ