ނެޓްވޯކް އަޕްގްރޭޑްކުރުމަށް، މިއަދު މާލޭގެ ބައެއް ހިސާބުތަކުން ދެގަޑީރަށް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.
ކަރަންޓު ކެނޑޭނެކަން އަންގައި، ހެންވޭރުގައި އުޅޭ ފަރާތްތަކަށް އިއްޔެ ސްޓެލްކޯގެ ފަރާތުން ވަނީ މެސެޖު ކޮށްފައެވެ.
ސްޓެލްކޯގެ މެސެޖުގައި ވާގޮތުން، ނެޓްވޯކު އަޕްގްރޭޑިންގްގެ ކުއްލަ މަސައްކަތެއް ހެންވޭރުގައި ކުރުމަށްޓަކައި، މިއަދު މެންދުރު 2:00އިން ފެށިގެން ހަވީރު 4:00އާ ދެމެދުގެ ވަގުތުތަކުގައި ކަރަންޓުގެ ހިދުމަށް މެދުކެނޑޭނެއެވެ.
Advertisement
ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑޭނީ އަމީރު އަހުމަދު މަގާއި ކަސްތޫރިމަގުގެ އިތުރުން ރޯޝަނީ ގޯޅިން ކަމަށެވެ.
މެންދުރު 2 ޖެހުމުން މަސައްކަތް ފަށައި، ވީ އެންމެ އަވަހަކަށް އެ މަސައްކަތް ނިންމާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ނެޓްވޯކް އަޕްގްރޭޑްކުރުމަށް މާލޭގެ ބައެއް ހިސާބުތަކުން ދެގަޑީރަށް ކަރަންޓު ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ