ކުނިން ކަރަންޓް އުފައްދާ ފެސިލިޓީގެ މަސައްކަތް ނިމުމަކާ ގާތަށް

ކުނި އަންދައިގެން ކަރަންޓް އުފައްދަން އައްޑޫ ސިޓީގައި ގާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމްކުރާ ވޭސްޓް އެނާޖީ ސިސްޓަމް ރާއްޖެ ގެނެސް، އިންސްޓޯލް ކުރުމުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ޕްލާންޓްގެ ކޮންޓްރޯލް ބިލްޑިންގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިިނިސްޓްރީން ބުނިގޮތުގައި އެ ޕްލާންޓްގެ މަސައްކަތް ނިމުމުން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޯޓްގެ ކަރަންޓް އުފެއްދޭނެ އެވެ. އޭގެ ތެރެއިން އެއް މެގަ ވޯޓު އައްޑޫގެ މައި ކަރަންޓް ވިއުގައަށް ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް އަންނަ ޖުލައި މަހު ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ