ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލުކޮށް އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދގެ ވޯލްޑް ފުޑް ސެކިއުރިޓީ، ކޮމިޓީގެ 50 ވަނަ ޕްރިލިމިނަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހީދު ވިދާޅުވީ މި ބައްދަލުކުރަނީ، މުޅި ދުނިޔެއަށް ވެސް އެތައް ކާރިސާތަކެއް ކުރިމަތިވެ، އެއް ބަޔަކު އަނެއް ބަޔަކަށް އޭގެ ނޭދެވޭ އަސަރުކޮށް، އެ ކާރިސާތަކެއްގެ އިތުރަށް ބޮޑުވެގެންދާ ދަނޑިވަޅެއް ކަމަށެވެ.
އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމީ ހީނަރުކަމާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ފަދަ ހަމަނުޖެހުންތައް ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިކަންކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ނުރައްކަލަށް ހުށަހެޅި، ޖީލަކަށް ފަހު ޖީލެއްގައި ދިރިއުޅުމުގެ އެންމެ ބޮޑު ޚަރަދެއް ކުރަންޖެހިފައިވާ ކާރިސާގެ ގޮތުގައި ވަނީ ހަދާފައި ކަމަށް ވިދާޅުވެފައެވެ.
ކާބޯތަކެތީގެ މައްސަލާގައި ވަގުތީ އަދި ދާއިމީ ހައްލުތަކެއް ބޭނުންވާކަން ޤަބޫލު ކުރެވޭތީ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތާބެހޭ ކޮމިޓީއާއީ ބައްދަލުކޮށް، "ޓައިމް ޓު އެކްޓް ޓު ގެދަރ: ކޯޑިނޭޓިންގ ޕޮލިސީ ރެސްޕޮންސެސް ޓު ދަ ގްލޯބަލް ފުޑް ކްރައިސިސް"ގެ ނަމުގައި، 18 ޖުލައިގައި މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާފައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މި ސެޝަންގައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް އިންޓަރގްރޭޓެޑް އެޕްރޯޗެއް އެކުލަވާލާނެ މައިގަނޑު ބައިތަކާ މެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަން ހާމަވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަޕްލައި ޗެއިންގެ މައްސަލަތައް ހައްލު ކުރުމަކީ މުހިންމު ކަމެއް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ