ހަފްތާ ބަންދުގައި މޫސުން ގޯސް: މެޓު

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.މެޓް އޮފީހުގެ ލަފާކުރުންތަކަށް ބަލާއިރު އަންނަ ހުކުރު ދުވަހު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާއިރު، ހޮނިހިރު ދުވަހު ދެކުނުގެ ހުރިހާ އަތޮޅަކަށް ވެސް ކެރީގެ އަސަރު ކުރާނެ އެވެ.ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ހދ އަތޮޅާއި ހަމައަށެވެ.މިއަދާއި، ކުރިއަށް އޮތް ހަފުތާ ބަންދަކީ ސްކޫލުތަކުގެ މިޑް ޓާމު ޗުއްޓީ ނިންމުމަށް ފަހު މީހުން ރަށްރަށަށް ފުރަންފަށާ ދުވަސްކޮޅެވެ.ކުރިއަށް އޮތީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ