މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިއެއް ނޫން: މައުމޫން

މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމަށް ދެނެވަޑައިނުގަންނަވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫން މިފަދައިން ވިދާޅުވީ، މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 
ރައީސް މައުމޫނު މިފަދައިން ވިދާޅުވުމާއި ގުޅިގެން ރާއްޖޭގެ ފުންނާބުއުސް ޢިލްމު ވެރިން އަންނަނީ ނުރުހުން ފާޅުކުރައްވައި އެމަނިކުފާނަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ޝެއިޚް ޝަފީޢު އަބްދުالله ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މައުމޫންގެ ޒަމާނުން ފެށިގެން މަރަށް މަރު ނުހިފާ ހުއްޓާ މިހާރު މީހެއްގެ މަރަކީ މަދިރިއެއްގެ މަރާ އެއްފަދަ ކަމަކަށް ވެއްޖެ ކަމަށް ވިދާޅުވެފައެވެ.
މިއަށް ވުރެ ބޮޑަށް ތަރައްޤީއަށް އޮތް އިތުރު ހުރަހެއް ނެތެވެ. އެހެން ނޫނަސް މަރަށް މަރަކީ އިލާހީ ޙުކުމްފުޅެކެވެ. އެ ކަމަށް މުއުމިނަކު އިންކާރެއް ނުކުރާނެއެވެ.
ޝެއިޚް ޝަފީޢު އަބްދުالله
ޝެއިޚް ޝަފީޢުގެ އިތުރުންވެސް އެހެން ބައެއް ޢިލްމުވެރިން ވަނީ ގިޞާޞް ހިފުމަކީ ކީރިތި ޤުރުއާނުގައި މާތް الله އަންގަވާފައިވާ ކަމެއް ކަން ފާހަގަކުރައްވާކަމެއް ކަން ފާހަގަކުރައްވާފައެވެ. 
ރާއްޖޭގެ ޝަރުޢީ ނިޒާމުގައި މަރުގެ ހުކުމް އިއްވި ނަމަވެސް މިހާތަނަށް އެ ހުކުމް އެއްވެސް ސަރުކާރެއްގައި ތަންފީޒްކޮށްފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު މަރުގެ އަދަބު ތަންފީޒުކުރަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް، މަރުގެ އަދަބު ދީފައެއްނުވެއެވެ.
އެފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވާހަކަ ދައްކަމުން ދިޔައީ ރާއްޖޭގެ ޝަރްޢީ ނިޒާމް އޮތް ގޮތުން މަރަށް މަރު ހިފެން ނެތް ކަމަށް ބުނެއެވެ. 
މިވަގުތުވެސް މަރުގެ ހުކުމް އިއްވާފައިވާ 4 މީހަކު އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ