މި ދައުރުގެ ތެރޭގައި ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އަޅާނެ ކަމަށް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ ބައިނަލްއަގުވާމީ ގޯ ކާޓް އެރީނާއެއް ރާއްޖޭގައި އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ މަޝްރޫއުގެ އިތުރުން ކުޅިވަރު ހުރިހާ މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
"މިހާރު އަޅުގަނޑުމެން ބިން ހަމަޖައްސައިދެނީ ހުޅުމާލެއިން އިންޑޯ އިންޓަނޭޝަނަލް ޒަމާނީ ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅަންވެސް އެނގޭތޯ. ހަމަ ސިންގަޕޫރުގައި ހުންނަ ފެންވަރުގައި ނޫނީ އެފަދަ ގައުމުތަކުގައި ހުންނަ ފެންވަރުގައި އިންޑޯ ގޯ ކާޓް އެރީނާއެއް ވެސް ހުޅުމާލޭގައި ހަދަނީ އެނގޭތޯ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގެ 15 ރަށެއްގައި ސޯޝަލް ސެންޓަރާ ގާތްގަނޑަކަށް އެއް ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭގޮތަށް މި ދައުރުގެ ތެރޭގައި އެފަދަ 25 ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ 1،200 އެއްހާ މީހުންނަށް އެއްފަހަރާ ކުޅިބަލަން ވަދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރާ ތަންތަން ކަމަށާއި އެފަދަ ތަންތަން ގާއިމުކުރާނީ 2،000 އަށްވުރެ އާބާދީ ބޮޑު ރަށްތަކުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފިޓްނަސް ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އައުޓް ޑޯ ޖިމްތަކުގެ ސަބަބުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަންކަން ހާސިލުވެގެންދާނެ ކަމަށެވެ.
މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވި ކުޅިވަރު މަޝްރޫއުތައް:
މުއިއްޒު ވިދާޅުވީ ކުޅިވަރު މަޝްރޫއުތައް ފެށުން ހަ މަސް ދުވަސްވަރު ލަސްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް އެހެން މަޝްރޫއުތަކަށް އިސްކަންދޭން ޖެހުމުން ކަމަށެވެ. ނަމަވެސް މަޑުމަޑުން މިހާރު މަޝްރޫއުތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ