ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެ 65 އިންޗީގެ ޓީވީއެއް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތް

ދިރާގުން ކުރިއަށްގެންދާ ފޯރި ލަކީ ޑްރޯ ނިމުމާ ގާތްވެފައިވާއިރު މި
ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް ވަނީ
ހުޅުވިފަ އެވެ.
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބަރ ބްރޯޑްބޭންޑް އަދި
ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް
ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް
ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
Villa College
މި ގޮތުން، މި ޕްރޮމޯޝަންގެ ދަށުން މި ވޯލްޑްކަޕްގެ  ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ
އިނާމުތަކަކީ: 
·      
32ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ 
·      
16ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ޓިއުން 730ބީޓީ ހެޑްފޯން 
·      
ކުއާޓަރ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ކްލިޕް 5 ސްޕީކަރ  
·      
ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން 
·      
ފައިނަލް: 1 ނަސީބުވެރިއަކަށް 65އިންޗީގެ ޓީ.ސީ.އެލް 4ކޭ ސްމާޓް ޓީވީ  
 މި ލަކީޑްރޯގައި ބައިވެރިވުމަށް ދިރާގުއެޕްގައިވާ "ޖެހީ ލިބުނީ" އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450  ޕްލޭނުން މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ
މިހާރު ގެންގުޅޭ ޕްލޭން  ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި
ބައިވެރިވެވޭނެ އެވެ.
މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑްއޮންއެއް ނުވަތަ ބޫސްޓާއެއް
އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއްނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް "ފޯރި ލަކީ ޑްރޯ" ގައި
ބައިވެރިވެވޭނެ އެވެ. 
ފޯރި ލަކީޑްރޯއާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް
ލިބިގެންދާނެއެވެ:  
ދިރާގުން
ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު
ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި
ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް
މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި
އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ